Last Updated: May 1, 06:04
Thursday, May 1, 2025
މުނިފޫހިފިލުވުން

ގޯތަމް ރޯޑް ކައިވެނިކޮށްފި

ޓީވީ ސިލްސިލާތަކުން އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ އިންޑިއާގެ އެކްޓަރު ގޯތަމް ރޯޑް ކައިވެނިކޮށްފި އެވެ.

އުމުރުން 40 އަހަރުގެ އެކްޓަރު ކައިވެނި ކުރީ ވެސް ބަތަލާއަކާ އެވެ. އެއީ "ރާޒިއާ ސުލްތާން" އާއި "ކިޔާ ކުސޫރް އާމްލާ" ފަދަ ސިލްސިލާތައް ކުޅެފައިވާ ޕަންކުޅީ އަވަސްތީ އެވެ. ގޯތަމް އާއި އަވަސްތީގެ ކައިވެނީގެ ހަފުލާ އޮތީ ރޭގަ އެވެ.

ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގަތް ރައްޓެހިން ބައިވެރިވި ކައިވެނީގެ ހަފުލާ އޮތީ އަލްވާރް ރާޖަސްތާންގަ އެވެ.

"ސަރަަސްވަތީޗަންދްރާ" އާއި "ސޫރިޔާޕުތުރަ ކަރްން" ފަދަ ސިލްސިލާތައް ކުޅެފައިވާ ގޯތަމް ވަނީ ދާދި ފަހުން ބޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ.

އެއީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރި "އަކްސަރު 2" އެވެ.