މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" އިން ފުރަތަމަ ފެނިގެންދިޔަ ކާޑޭޝިއަން-ޖެނާ އާއިލާގެ އެންމެ ހަނގު މީހާ ކަމަށްވާ ކައިލީ ޖެނާ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ކައިލީ ބަނޑުބޮޑުކަމުގެ ރިޕޯޓްތައް މީޑިއާގައި ފެތުރެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް، މީގެ ކުރިން އެކަމާއި ބެހޭގޮތުން ކައިލީ އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.
އެހެންނަމަވެސް އިއްޔެ ކައިލީ ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އޭނާ އަންހެން ކުއްޖަކު ވިހާފައިވާކަން ފޭނުންނާއި ހިއްސާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ވިހެއިރު އެކުއްޖާގެ ބަރުދަނުގައި 4 ކިލޯގްރާމް ހުއްޓެވެ.
ގިނަ ބަޔަކަށް އެނގޭފަދައިން މިއީ ކައިލީ އާއި އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ސްކޮޓްގެ ފުރަތަމަ ދަރިފުޅެވެ.
ކައިލީ ވަނީ މި އުފާވެރި ޚަބަރު އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.
https://www.instagram.com/p/BeycUmgFTWb/
އެއަށްފަހު ކައިލީގެ މަންމަ ކްރިސް އާއި ދައްތަ ކިމް އާއި ކްލޯއީ އަދި ކެންޑަލް ޖެނާ ވެސް ވަނީ އެޚަބަރު އިއުލާންކޮށްފަ އެވެ.