Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

ރަހީނު ކުރުމުގެ މައްސަލައެއް ފާރިސްގެ ވަކީލުން ހުށައަޅުއްވައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރަހީނުކޮށްފައިވާ ކަމަށް ބުނެ ފާރިސްގެ ވަކީލުން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ކުރިމަތީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފާރިސް ރަހީނުކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލާގައި ޒިންމާވާން ޖެހޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހަތަރު މުވައްޒަފެއްގެ ނަން ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ފާރިސްގެ ޤާނޫނީ ޓީމުން މިއަދު ޕީޖީ އާއި ބައްދަލު ކުރެއްވުމަށް ޕީޖީ އޮފީހަށް ވަޑައިގެންފައިވާއިރު، ޝަމީމް ވިދާޅުވީ ފާރިސްގެ ވަކީލުންނާއި ޕީޖީ ބައްދަލު ނުކުރެއްވި ކަމަށެވެ. އަދި ފުލުހުންގެ ބާރު ބޭނުންކޮށްގެން ފާރިސްގެ ވަކީލުން ޕީޖީގެ އޮފީހުން ނެރެ ފޮނުވާލާފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.