Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ފިރިހެން ކުއްޖަކާ ބެހިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ސ. ފޭދޫގައި ކުޑަ ފިރިހެން ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަ ފިރިހެން ކުއްޖަކާ ބަދުއަހްލާގީ އަމަލް ހިންގި ކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެކަން ގަމުގައި ހުންނަ ފުލުހުންގެ ސްޓޭޝަނުން ތަހްގީގު ކުރުމަށް ފަހު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައިވާ ކަމަށެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އަައްޑޫގެ ތިން ރަށެއްގެ މަގު ހަދަމުން އަންނަ ލަންކާގެ އައިސީސީ ކުންފުނީގެ ޑްރައިވަރަކެވެ. ޑްރައިވަރު އެ އަމަލު ހިންގައިގެން އުޅެނީ އެ ފިރިހެން ކުއްޖާ މަރަދޫ ފޭދޫގައި ހުންނަ އައިސީސީގެ ސައިޓަށް ގެންގޮސްގެންނެވެ.

ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ބަދުއަހްލާޤީ އަމަލް ހިންގި ކަމުގެ މައްސަލަ އެ ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ސެންޓަރުން ބަލަމުން އަންނަ ކަމަށެވެ.

އައިސީސީން އަދި މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އައްޑޫގެ ގުޅިފައިވާ ތިން ރަށުގެ މަގު ހެދުމުގެ މަސައްކަތް މި އެޕްރީލް މަސް ނިމުމުގެ ކުރިން ނިންމާލުމަށް އެ ކުންފުނިން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.