Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަޒުމަކަށް ބަދަލެއް ނާންނާނެ، ނަސްރު ލިބޭނީ ހައްގަށް: ޝައިނީ

އަޒުމަކަށް ބަދަލެއް ނާންނާނެކަމަށާއި، ދެމިހުންނާނީ ސާބިތު ކަމާއި އެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ތަކުރާރު ކުރައްވައިފިއެވެ.

ޝައިނީ މިއަދު އަނެއްކާވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމާއި ދީނަށްޓަކައި ސާބިތު ކަމާއި އެކު ރައިސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި ކަމަށާއި ނަސްރު ދެއްވާނީ ހައްގަށް ކަމަށެވެ.

ޝައިނީ މިފަދައިން ތަކުކުރާރު ކުރައްވަނީ ސްޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ނުކޮށް ދިގު ދަންމަމުން ދަނިކޮށެވެ.

ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އަދިވެސް ސްޕްރީމް ކޯޓުގެ އަމުރަށް ބޯލަނބައި ތަންފީޒު ކުރުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ނަމަވެސް ސަރުކާރު ވެރިން ގެންދަވަނީ ރައީސް ޔާމީނަށްޓަކައި ފުރާނަ ދޫކޮށްލާނެކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.