Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަމުރުގައިވާ ސޮޔަކީ ސައްހަ ސޮޔެއް: އިނގިރޭސި ސަފީރު

ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ކޯޓު އަމުރުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސޮޔަކީ ސައްހަ ސޮއިއެއްކަމަށް އުއްތަމަ ފަނޑިޔާރު ޔަގީން ކޮށްދެއްވާފައިވާ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ ކަޑައަޅުއްވާ ފައިވާ ސަފީރު ޖޭމްސް ޑައުރިސް ވިދާޅުވެއްޖެއެވެ.

ޖޭމްސް ޑައުރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ގުޅުއްވައި އަމުރުގެ ކަންކަމާއި ވާހަކަފުޅު ދެއްކެވި ކަމަށާއި، އަމުރުގައިވާ ސޮޔަކީ ސައްހަ ސޮއިކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

ޑައުރިސް އުއްތަމަ ފަނޑިޔާރަށް ގުޅުއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ހުކުމުގައިވާ އަަބްދިﷲ ސައީދުގެ ސޮޔަކީ ސައްހަ ސޮއެއް ނޫންކަމަށް ދޭހަވާ ގޮތަށް ޓްވީޓް ކުރެއްވާފައި ވަނިކޮށެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ފަނޑިޔާރުންނަށް އޮތް ޕްރެޝަރުގެ ވާހަކަ ހިއްސާ ސަފީރާއި ހިއްސާ ކުރައްވާފައެވެ. އަދި ކޯޓު އަމުރަށް ރާއްޖޭގެ ހުރިހާ ފަރާތްތަކުން ބޯލަބަންޖެހޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ދިގު ދަންމަމުން އަންނަ އިރު ބައިނަލްއަގްވާމީ ގައުމުތަކުގެ ލޯ ވަނީ ރާއްޖެއަށް އަމާޒުވެފައެވެ.