Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޗައިނާ ފަތުރުވެރިން ރާއްޖެއައުން ކެންސަލް ކުރަން ފަށައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ކަންތައްތަކާއި ގުޅިގެން ޗައިނާގެ ފަތުރުވެރިން ރާއްޖެއައުން ކެންސަލް ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރާއި އެންމެ ގާތް ގުޅުން ބާއްވަމުން އައި ޗައިނާއިން ވަނީ ރާއްޖެ ދަތުރު ކުރުމަށް ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސްޕްރީމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒު ނުކޮށް ލަސް ކުރަމުން އަންނައިރު ބައެއް ގެސްޓް ހައުސް ތަކާއި ޓުއާ އޮޕަރޭޓަރުންގ ބުކިން ކެންސަލް ކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ދަނީ ހާމަ ކުރަމުންނެވެ.

ފަތުރުވެރިކަމުގެ މިނިސްޓަރ ކަން ކުރައްވައި ދާދި ފަހަކާއި ޖެހެން ދެން ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރ ކަން ކުރެއްވި ޑރ. މައުސޫމް ވިދާޅުވީ މިހާރު ރާއްޖޭގައި ކުރިއަށްދާ ކަންކަމުގެ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެއެވެ.

ޗައިނީސް ނިއު އިޔާ ފާހަގަ ކުރުމަށް ގިނަ ބަޔަކު މިދުވަސްކޮޅު ރާއްޖެއައުމަށް ވަނީ ބުކިން ހަދާފައެވެ.

އިނގިރޭސި ވިލާތާއި، އެމެރިކާއިންވެސް ވަނީ އެގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގައި އުޅުމުގައި ސަމާލުވުމަށް އަންގާފައެވެ.

ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ބައިނަލް އަގްވާމީ މީޑިއާގެ ފަލަ ސުރުހީގައި ރާއްޖޭގެ މަސްރަހުގެ މައުލޫމާތު ދަނީ ފެތުރެމުންނެވެ.