ޤައުމުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުންތައް ގިނަވެފައިވާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަި ވަނީ ގައުމުގައި ހަމަނުޖެހުންތައް ގިނަވެފައިވާތީ ކަންބޮޑުވާކަމަށާއި، ހަމަނުޖެހުންތައް ހުއްޓާލާއި އަމާންވެށްޓެއް ގާއިމުކުރަންޖެހޭކަމަށެވެ.
Deeply concerned to see my country sliding into chaos. This vicious spiral has to stop and we have to rebuild to find peace and stability. To destroy and make war is easy, to build back peace afterwards is very difficult.1/2
— Dunya Maumoon (@dunyamaumoon) February 5, 2018
ދުންޔާ ވިދާޅުވީ ހަނގުރާމަކޮށް ގައުމުގެ ހަމަނުޖެހުން ނަގާލުމަކީ ފަސޭހަކަމެއް ކަމަށާއި އެހެން ނަމަވެސް އެއަށްފަހު ޤައުމުގައި އަމަންއަމާންކަން ޤާއިމްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
ދުންޔާ މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒް ނުކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް އަޑު އުފުލަމުންގެންދާ ދަނޑިވަޅެއްގައެވެ.