ސީޔާސީ އެއްވެސް ލީޑަރަކު ދައްކާ ވާހަކައަކަށް ދެން ނުހެއްލޭނެ ކަމަށް "އައްޑޫ ރައްޔިތުންގެ އަޑު" ގައި ވާހަކަ ދެއްކެވި ގިނަ ރައްޔިތުން ބުނެފިއެވެ.
އައްޑޫގައި ހިންގުމަށް ރާވާފައިވާ ގިނަ ތަރައްޤީގެ މަޝްރޫއުތައް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަން ކުރުވުމަށް ބާރު އެޅުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ފޭދޫ ބަނަދަރު ގައި ބާއްވާ ހަރަކާތުގައި ވަހަކަ ދެއްކެވި ގިނަ ރައްޔިތުން ބުނީ ކޮންމެ 5 އަހަރަކުން އެއް އަހަރު ސިޔާސީ ވެރިން އައްޑޫއަށް އައިސް މިތަން ތަރައްޤީ ކޮށްދޭނެ ކަމަށް ބުނެ ވައުދުވާކަމަށެވެ. އަދި އެވައުދު ވުމަށް ފަހު ވެރިކަން ލިބުމުން އައްޑޫ ރައްޔިތުން މަތިން ހަދާން ނައްތާލައި އައްޑޫ ރައްޔިތުން ނިކަމެތި ކުރަމުން އަންނަކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް މީހުން ފާހަގަ ކުރި ގޮތުގައި އައްޑޫގައި އާމްދަނީ ލިބެން ހުރި މަގުތަށްވެސް ބަންދުވެފައިވާކަމަށާއި ގާނޫނު އަސާސީން ލިބެން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ގިނަ ހިދްމަތްތަކުންވެސް މަހުރޫމް ވެފައިވާކަމަށެވެ.
"އައްޑޫ ރައްޔިތުންގެ އަޑު" ޝުއޫރު ފާޅުކުރާ ކަންކަމުގެ ތެރޭގައި ގަމުގެ ވައިގެ ބަނަދަރުގެ ތަރައްޤީގެ ޕްލޭނާއި، ހެރެތެރެ އަދި ޝަންގްރިއްލާ އިން އައްޑޫ ރައްޔިތުން ނަށް ހެޔޮގޮތުގައި ފައިދާ ނުވާ މައްސަލާއި، އައްޑޫގެ ފެނާއި ނަރުދަމާގެ މަޝްރޫއާއި އައްޑޫގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޝުއޫރު ފާޅުކުރުމެވެ.