ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރުގެ ހިމާޔަތުގައި ދިވެހި ރައްޔިތުން ނިކުތުމަށް އުއްތަމަ ފަނޑިޔާރު އަބްދުالله ސައީދު އެދިވަޑައިގެންފި އެވެ.
މިކަން ހާމަކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/hsuood/status/960542522408714241?s=17
ސުއޫދު ވިދާޅުވީ އެމަނިކުފާނަށް ގުޅުއްވައި އުއްތަމަ ފަނޑިޔާރު އެގޮތަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
އަދި ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓު ހިންގާ އިމާރާތުގެ ތެރެއަށް މިހާރު ކޮންމެފަދަ ވަގުތެއްގައި ވެސް ވަނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.