Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ސުޕްރީމް ކޯޓަށް ސަލާމަތީބާރުތަކުން ވަދެއްޖެ

ފޮޓޯ: އަވަސް އެމްވީ

ސުޕްރީމް ކޯޓަށް ސަލާމަތީބާރުތަކުން ވަދެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެސްއޯ ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓް ތެރެއަށް ވަދެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.

https://twitter.com/hsuood/status/960564331317379072

ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓް ތެރެއަށް ގަދަކަމުން ވަދެގެންފިކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވެސް ބުނެފި އެވެ. މީގެ އިތުރުން ރާއްޖޭގެ ޖުޑީޝަރީ އިން ވަނީ މި ޚަބަރު ކަށަވަރުކޮށްދީ ޓްވީޓެއް ވެސް ކުރައްވާފައެވެ.

އެނގިފައިވާ ގޮތުގައި ސިފައިން ސުޕްރީމް ކޯޓަށް ވަނީ ސުޕްރީމް ކޯޓުގެ ބޭރު ގޭޓް ނުހުޅުވުމުން ހައިކޯޓުގެ ގޭޓުން ތީމުގޭގެ ތެރެއަށް ވަދެ ތީމުގޭ ފުރާޅު މައްޗަށް އަރައިގެންނެވެ.

އެހެންނަމަވެސް ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަން ސަބަބެއް އަދި ސާފެއް ނުވެއެވެ.