Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ކުއްލި ނުރައްކާގެ ހާލަތު ބާތިލު ކުރަން ހުށަހަޅައިފި

މިރޭ އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު ބާތިލުކުރަން ސުޕްރީޕް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް އިލެކްޓްރޯނިކްކޮށް ހުށަހަޅުއްވާފައި ވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އެވެ. މައްސަލައިގެ ވަކީލެއްގެ ގޮތުގައި ހިސާން ހުސެއިން ހަމަޖައްސާފައިވާއިރު، އެ ހުށަހެޅުމުގައި ބުނެފައި ވަނީ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދާސުން ސަރުކާރުން ނެރެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ބެހޭގޮތުން ސުވާލު އުފައްދާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިރޭ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހިސާން ވިދާޅުވީ އެ މައްސަލަ ޢަމަލީ ގޮތުން ކޯޓަށް ހުށަހެޅުމުގައި ހުރަސްތަކެއް ހުރި ކަމަށާއި، އެހެންނަމަވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެމައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުއްލި ޙާލަތު ބާތިލު ކުރުމަށް މައްސަލަ ހުށަހެޅީ އެ ޤަރާރުގައި ސުޕްރީމް ކޯޓްގެ ބާރު ކަނޑުވާލާފައި، ޖިނާއީ އިޖުރާތުގެ ޤާނޫނާއި ގިނަ އަދަދެއްގެ ޙައްޤުތަކެއް ހިފެހެއްޓިފައި އޮތުމުގެ ސަބަބުން ކަމަށް ހިސާން ވިދާޅުވިއެވެ.

ގާނޫން އަސާސީގެ 258 ވަނަ މާއްދާގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލުއުފެދިއްޖެ ހާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ނެވެ.