އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި ލ. ގަމުގައި ހޮނިހިރު ދުވަހު އިފްތިތާހުކޮށް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ދުވަހު ހަވީރު 4:00 ޖަހާ އިރު ގަމުގައި ބާއްވާ މި ރަސްމިޔާތު ބާއްވާ ވަގުތު ރާއްޖޭގެ އެހެން 20 ސަރަހައްދެއްގައި އެކު އެކީހެން މި ސިޔާސަތު އިފްތިތާޙް ކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ އެވެ. މި 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙްކޮށް ދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ލީޑަޝީޕުގެ ބޭފުުޅުންނެވެ.
ގަމުގައި ބާއްވާ ޙަފްލާއަށް ލ. އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގަ ގެސްޓްހަ އުސްގެ ވިޔަފާރި ކުރައްވާ އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައި ކަމަށް އެމްޑީޕީން ބުނެ އެވެ.