Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ހައްޔަރުކޮށްފި

ހަސަން ސައީދު. ފޮޓޯ: ސަން

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކޮށްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ކުރި ޓްވީޓެއްގައި ވަނީ ހަސަން ސައީދު ހައްޔަރުކުރިކަމަށް ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން ވެސް އޭނާގެ މައްޗަށް ތުހުމަތުކުރި ރިޝްވަތުގެ ތުހުމަތަށެވެ.

ހަސަން ސައީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވެސް އަމުރެއް ނެރުނެވެ. އެހެން ނަމަވެސް އެ ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުން ރޭ ވަނީ ބާތިލްކޮށްފައެވެ.