Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރި ޓްވީޓްތަކެއްގައި ވަނީ މި ދެބޭފުޅުން ވެސް ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް މި ދެ ބޭފުޅުން ހައްޔަރުކުރީ ކޮން މައްސަލަ އަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށްފައި މިވަނީ ސުޕްރީމް ކޯޓަށް ފުލުހުންނާއި ސިފައިން ވަދެގަތްތާ ގާތްގަނޑަކަށް ހަތް ގަޑިއިރު ފަހުންނެވެ.