ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
MP Ahmed Mahloof aa dhekolhah aburu ge dhauwa kurumah alhugandu nimmaifin. pic.twitter.com/SuUGDqLuNP
— Dr.Mohamed Muizzu (@MMuizzu) February 6, 2018
މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ "މުއިއްޒުއަކީ ސީދާ ބިޔަ ބޮޑު ވަގެއްކަން މިއޮތީ ސާފުވެފައި، ޕޮލިސް އިން މީނާ ހިފާ ހައްޔަރު ކުރަންޖެހޭ، ނިކަމެތި ރއްޔިތުންގެ ބޯހިޔާވަހިންވެސް ފޭރިގަތީ" ކަމަށް ވިދާޅުވެ މަހްލޫފް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަ އެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައިވާ އިރު ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދުގެ ތެރެއިން ހެދި ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކުގެ ނަމާއި އެކު ވަނީ ލީކް ކޮށްފައެވެ. ނަމަވެސް މިނިސްޓަރު ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.