Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ސުޕްރީމް ކޯޓަށް ސިފައިން ވަދެގަތީ ރިޔަޓް ގިޔަރުގައި!

ރާއްޖޭގެ ސްޕްރީމް ކޯޓު ދިވެހި ސަލާމަތީ ބާރުތަކުގެ ދަށައް ރޭ ގެންގޮސް ސްޕްރީމް ކޯޓަށް ސިފައިން ވަދެގެންފައިވަނީ ގޭޓް ހަލާކުކޮށް ރިޔަޓް ގިޔަރުގައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު މިއީ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ސަލާމަތީ ބާރުތަކުން މިފަދަ ގޮތަކަށް ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ސްޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވެދެފައިވަނީ ރޭ ސަރުކާރުން ރާއްޖޭގައި ކުއްލި ހާލަތު އިއްލާންކޮށް ގިނަ ހައްގުތައް ހިފެހެއްޓުމަށްފަހުއެވެ. އެގޮތުން ސްޕްރީމް ކޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ސަލާމަތީ ބާރުތަކުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށްފަހު އެކޯޓުގެ ބައެއް ލިޔެކިއުންތައް ވެސް ވަނީ ގެންގޮސްފައެވެ. ސަލާމަތީ ބާރުތަކުން ގެންގޮސްފައިވަނީ ކޮން އެއްޗެއްކަން އަދި ސާފެއް ނުވެއެވެ.