Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

"ކުއްލި ނުރައްކާ އިއުލާން ކުރީ އަޅުގަނޑު ހައްޔަރު ކުރަން"

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ މަޤްސަދަކީ އެމަނިކުފާނު ހައްޔަރުކުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިވަގުތު ދޫނިދޫގައި ހުންނެވި މައުމޫން މިހެން ވިދާޅުވެފައި ވަނީ އެތަނުގައި އެމަނިކުފާނު ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުންނާއި މުޚާތަބު ކުރައްވަމުންނެވެ. މިކަން ހާމަކޮށްފައި ވަނީ ޤާނޫނީ ވަކީލް އަލްއުސްތާޛް ހުސައިން ޝަމީމެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައުމޫނު ހުންނެވީ ވަރަށް ސާބިތު ކަމާއި އެކުގައި އަދި ޔަގީން ކަމާއި އެކުގައި ކަމަށެވެ.

"ފުލުހުން ގާތު ވެސް މައުމޫނު ވިދާޅުވި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ތިމަން މަނިކުފާނު ހައްޔަރުކުރުމަށް ކަމަށް." ޝަމީމް ވިދާޅުވިއެވެ.