Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ހިއުމަން ރައިޓްސް އާ ގުޅޭ ޕްރޮގްރާމެއް ފުލުހުންނަށް

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ މެދުގައި ހިއުމަން ރައިޓްސް އަށް އަހުލުވެރި ކުރުމުގެ ގޮތުން އެ ދާއިރާއިން ތަމްރީނު ފޯރުކޮށް ދޭނެ މުދައްރިބުން ތަމްރީނު ކުރުމަށްޓަކައި ޔޫއެން ކޮންސަލްޓަންޓް ޑރ. އޭރީ ބްލޯއީޑް ގެ އެހީގައި ފުލުހުންނަށް ޓްރެއިން އޮފް ޓްރެއިނަސް (ޓީއޯޓީ) ޕްރޮގްރާމެއް ފަށައިފި އެވެ.

މި މަހުގެ 1-10 އަށް ވިލިމާލެ ޕޮލިސްގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑް (ޑީއޯސީ) އަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް (ސީއޯސީ) އަދި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގައި މަސައްކަތް ކުރާ ފުލުހުން ބައިވެރިވެފައި ވެ އެވެ.

ޔޫއެންގެ އިންޓެގްރޭޓެޑް ގަވަނަންސް ޕްރޮގްރާމުގެ ދަށުން ޔޫ\އެންގެ ކޮންސަލްޓަންޓް ޑރ. އޭރީ ބްލޯއީޑް ރާއްޖެ ވަޑައިގެން ފުލުހުންގެ މަސައްކަތްތައް ދިރާސާ ކުރެއްވުމަށް ފަހު ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެކުލަވާލެއްވި ސިލަބަހެއްގެ މައްޗަށް ކިޔަވައިދޭ މި ތަމްރީނު ޕްރޮގްރާމުގައި އެކިއެކި ހަމަނުޖެހުންތަކުގައި މީހުން ހައްޔަރުކު ރުމުގައި އިންސާނީ ކަރާމަތަށް ހުރުމަތްތެރިކޮށް ހިތުމާއި އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭއިރުގައާއި ތަހްޤީޤީ މަރުހަލާގައި ވެސް އިންސާނީ ކަރާމަތަށް ހުރުމަތްތެރިކޮށް ހިތުމަށް އަހުލުވެރި ކުރެވޭނެ އެވެ.

ރާއްޖޭގައި މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި އެހެނިހެން އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުން ހިއުމަން ރައިޓްސްއަށް އަހުލުވެރި ކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ފުލުހުންނަށް ހިންގާ މި ތަމްރީނު ޕްރޮގްރާމު ރަސްމީ ގޮތުން އިފްތިތާހްކޮށް ދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތަޢުފީޤު އެވެ.

މި ކޯސް ރަސްމީކޮށް އިފްތިތާހްކުރުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އާއި ފުލުހުންގެ އެހެނިހެން އިސް ބައެއް ވެރިންވެ ސް މިއަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.