Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ސަރުކާރުގެ ވެރިންނަށް ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް ހަދަން އެދެފި

ސަރުކާރުގެ އިސް ވެރިންނަށް ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް ހެދުމަށް އެމެރިކާ ސަރުކާރަށް ރައީސް ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ ސަރުކާރުން ސްޕްރީމް ކޯޓްގެ އަމުރަށް ގޮންޖަހައި، ރޭ ކުއްލި ހާލަތުގެ ނުރައްކާ އިއުލާންކޮށްފައި ވަނިކޮށެވެ.

ސަރުކާރުން ރޭ ވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހައްޔަރުކޮށްފަ އެވެ.

ސްޕްރީމް ކޯޓްގެ އަމުރާ ހިލާފުވެ، ސަރުކާރުން ގެންދަނީ ގޯހުގެ މައްޗަށް ގޯސް ހަދަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ގާނޫނީ ވަކީލުން އަންނަނީ ވިދާޅުވަމުންނެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ގާނޫނީ ހުކޫމަތު ސަރުކާރުން ކަނޑުވާލައި، މިހާރު ވެރިކަން ކުރަނީ މިލިޓަރީ ބާރާއެކުގަ އެވެ.