Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ގާނޫނީ ސަރުކާރުގެ ދިފާއުގައި އޮންނާނަން: ޕޮލިސް

ކުއްލި ނުރައްކަލުގެ މި ހާލަތުގައި ރާއްޖޭގެ ރައްޔިތުން ކެތްތެރިވެ ތިބުމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ރައްކާތެރިކަމާއި އަމާންއަމާންކަން ފޯރުކޮށްދީ ގާނޫނީ ސަރުކާރު ހިމާޔަތް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ "ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް އެދޭ" ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމުގައި ގާނޫނުއަސާސީ ފުލުހުންނަށް ލާޒިމްކޮށްފައިވާ އެންމެހައި ކަންކަން ތަންފީޒު ކުރުމުގައި ފުލުުހުންގެ މުއައްސަސާ ދެމިއޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ." ބަޔާނުގައި ބުންޏެވެ.