އެއްވެސް މީހެއްގެ ނުބެލޭ މައްސަލައެއް އޮވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ގައުމާއި މުހާތަބު ކުރައްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ވެރިޔާ ހަސަން ސައީދު އާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދު އަނބިކަބަލުންނާއި ދަރިފުޅުގެ ނަމުގައި ހުޅުމާލެ އިން ފްލެޓް ގަނެފައިވަކަން އެނގި އެކަން ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ހަސަން ސައީދުގެ ކަރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ފެށުމުން އޭނާ ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރުކޮށް އެކަން ހުއްޓުވި ކަމަށެވެ.
އެހެން އެކަން ވުމުން އަމުދުން ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބަލަން އަމުރެއް ނެރެވޭނެކަމަށް ގަބޫލް ނުކުރައްވާށެވެ.
ތަފްސީލް އަންނަނީ….