ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ގާނޫނަށް ވުރެ މަތީގައި ތިބޭވޭނެ ބައެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓާ ވާހަކަ ދައްކަން ކުރި މަސައްކަތް ނާކާމިޔާބުވެ އޭގެ ފަހުން އައި ކަންކަމާ ވާހަކަ ދައްކަން ކުރި މަސައްކަތް ހިނގާ ގޮތް ނުވުމުން ބެލި އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި ފަނޑިޔާރު އަލީ ހަމީދާއި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް ތުހުމަތުވާ މައްސަލަތަކެއް ހުރި ކަމަށެވެ.
އެހެންވެ އެކަންކަން ބަލަން ޖެހޭތީ އެ ބޭފުޅުން ހައްޔަރު ކުރެއްވީ ކަމަށް ވިދާޅުވި އެވެ.
"މި ޒިންމާ އުފުލާއިރު އަޅުގަނޑަށް އެއްބާރުލުން ލިބެން ޖެހޭ. މިކަން ކުރިއަށް ދިޔަ ދެއްވަންވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖުޑިޝަރީ އަންނަނީ ކުރިއެކޭ ވެސް އެއްގޮތަށް ހިނގަމުންނެވެ.
"އެކަމަކު ދޮރު ބަންދު ކުރީމަ ބެލެން އޮތް ގޮތަކަށް ބަލަން ޖެހޭނެ ދޮރު ބަންދުކޮށްލާފަދަ އަމުރެއް ނެރުނީމާ ކިތާބީ ހެކިބ ހުރީމާ ބެލޭނެ މަގު އޮންނާންވާނެ އެކަން ނުބެލޭ ކަމަށް ވަންޏާ ދެން ދާންވާ ހިސާބަކަށް ރާއްޖެ ދާނެ. މި ރައީސް އެގޮތަކަށް ދުލެއް ނުދޭނަން އެހެންވެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނެގީ،" ރައީސް ވިދާޅުވި އެވެ. "އެއީ މޫލާފައި ހުރި ވަރު ދެނެގަތުމަށް. ކެތްތެރިކަމާއެކު ތިއްބަވާ ކޮރަޕްޝަނާ ދެކޮޅަށް ރައީސް ކުރާ މަސައްކަތަށް ކުރައްވަން ވާނީ ތާއީދު. އޭގައި ފަނޑިޔާރުން ހިމެނުނަސް ބަލަން ވާނެ އަޅުގަނޑުގެ މައްސަލަ ވެސް ބަލާ ދުވަސް އޮންނާން ވާނެ މިއަދު ވެސް."