Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ދެ ފުލެޓު ގަތިން، ސިއްރެއް ނުކުރަން: އަދުރޭ

ރެހެނދި އިމާރާތުން ދެ ފުލެޓު ބައްލަވައިގަތް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ސިއްރުން ކުރި މުއާމަލާތެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭއާއި އޭނާގެ އަނބިކަނބަލުން 9 މިލިއަން ރުފިޔާގެ ދެ ފުލެޓު ގަނެފައިވާ ވާހަކަ މީޑިޔާގައި އިއްޔެ ވަރަށް ގަދައަށް ދެކެވުނުއިރު އަދުރޭ ވަނީ އެމައުލޫމާތު ސާފުކުރަން މީޑިޔާތަކުން ގުޅަމުން އަންނަ ކަމަށެވެ.

ނަމަވެސް އެއީ އޭނާ ސިއްރުން މީހުންނަށް ފޮރުވައިގެން ކުރި ކަމެއް ނޫން ކަމަށާއި އެވާހަކަ ދައްކަން ފެށީ އުއްތަމަ ފަނޑިޔާރު ފުލެޓު ގަތް ވާހަކަ އޭނާ ދެއްކުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭއާއި އޭނާގެ އަނބިކަނބަލުން ބައްލަވައިގަތް ފްލެޓަކީ ރެހެނދި-6 ފުލެޓުބަރިން ބައްލަވައިގަތް އެންމެ މަތީ ފެންވަރުގެ ދެ ފުލެޓެވެ. ކޮންމެ ފުލެޓެއްގެ އަގު 4.5 މިލިއަން ރުފިޔާއަށް އަރާއިރު ދެ ފުލެޓަށް ދައްކަން ޖެހޭ 9 މިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.