Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ރައްޔިތުން ހިތް ހަމަޖެހޭ ފަދަ މައުލޫމާތު ފުލުހުން ހޯދައިފި: ރައީސް

ރައީސް ޔާމީން ސަލާމަތީ ބާރުތަކުގެ ތެރެގައި، ފޮޓޯ: އޭޕީ

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަންކަމުގެ މަންޒަރު މިހާރުވެސް ހާމަވާން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ބޮޑު މަންޒަރު ފުލުހުން ހާމަ ކުރާނެކަމަށް ރައީސް އަބްދުﷲ ޔަމީން ވިދާޅުވެއްޖެއެވެ.

ގައުމާއި މުހާޠަބު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ގިނަ ކަންކަން ފުލުހުން ހޯދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ހިތް ހަމަޖެހޭ ފަދަ މައުލޫމާތު ފުލުހުން ހޯދާފައިވާ ކަމަށެވެ.

ރައީސް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަބަލުން އަދި ދަރިކަލުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް ސާވިސްގެ އިސްވެރިޔާ ހަސަން ސައީދު ފްލެޓެއް ބައްލަވައި ގަތުމަށް ފައިސާ ދައްކަވާފައިވާ ކަމުގެ ކިބާތީ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.