ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ އައިޓީބީއަށް ދިއުމަށް ރާއްޖޭން ވިސާ ދިނުމަށް ހަމަޖެއްސި ހަމަޖެއްސުން ޖަރުމަނު ސަރުކާރުން ކެންސަލް ކޮށްފިއެވެ.
ފެއާއަށް ދާ ފަރާތްތަކުގެ ވިސާ ހަމަޖެއްސުމަށް ރާއްޖޭގައި އެޕްލިކޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ކުރިން ޖަރުމަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ރާއްޖޭގެ މަސްރަހްގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އެ ސެންޓަރު ރާއްޖޭގައި ގާއިމް ނުކުރުމަށް ވަނީ ނިންމައި އެޕްލައި ކުރި ފަރާތްތަކަށް އަންގާފައެވެ.
އައިޓީބީ ފެއާއަށް ދާން ބޭނުން ފަރާތްތަކުން ލަންކާއަށް ގޮސް ވިސާ ކަންކަން ހަމަޖެއްސުމަށް އެގައުމުން ވަނީ އަންގާފައެވެ.