Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

"މިއަދު ތިޔަ ގެންދަވަނީ ގަދަބާރަކުން ރަހީނުކޮށްގެން"

ގޭ ބަންދުގައި ހުންނަވަނިކޮށް މިއަދު ކުއްލި ގޮތަކަށް ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއި ފުލުހުންން ނާޒިމް ގެންދަވަނީ ގަދަކަމުން ރަހީނު ކޮށްގެންކަމަށް އެމަނިކުފާން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއި އެކު ގެއިން ނިކުންނަވަމުން ނާޒިމް ވިދާޅުވީ "މިއަދު ތިއަ ގެންދަނީ ގަދަކަމުން ރަހީނުކޮށްގެން" ކަމަށެވެ.

ނާޒިމް އަކީ ސްޕްރީމް ކޯޓުން މިނިވަން ކުރަން އަމުރުކުރި 9 ސިޔާސީ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެގެންނެވެ.

ނާޒިމްގެ ޝަރީއަތަކީ ފަހުގެ ތާރީހެއްގައި ދިފާއުވުމުގެ ހައްގުން މަހްރޫމްކޮށް ރާއްޖޭގައި މި ސަރުކާރުން ހިންގި ފުރަތަމަ ޝަރީއަތެވެ.

ނާޒިމް ހައްޔަރު ކޮށްފައިވަނި ނުހައްގުންކަން އެތައް ބަޔަކު ބުނަމުން ދަނިކޮށް ސްޕްރީމް ކޯޓުން މިނިވަން ކުރުމަށް އަމުރު ކުރިނަމަވެސް ހުކުމް ތަންފީޒުކޮށްފައި ނުވެއެވެ.