Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ސުޕްރީމް ކޯޓަށް އަލުން ބާރުތައް ދީފި

ފޮޓޯ: ގޫގުލް

ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ސަސްޕެންޑު ކުރުމަށްފަހު މިއަދު ސަސްޕެންޝަން އުވާލައި، ސުޕްރީމް ކޯޓަށް އަލުން ބާރުތައް ދީފިއެވެ.

ކުއްލި ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އަމަލުކުރުން ހުއްޓާލާފައިވާއިރު ރޭ ވަނީ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ޅީދަރިކަލުން ނަދީމް އަދި އުއްތަމަ ފަނޑިޔާރު ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކޮށްފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާ ކަމަށް ޑީޖޭއޭއިން ވަނީ އިއުލާންކޮށްފައެވެ. ތިން ފަނޑިޔާރުންގެ ބެންޗުން މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެއިދާރާއިން ހާމަކުރިއެވެ.