Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރު ބާތިލުކޮށްފި

ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރު މިރޭ ބާތިލުކޮށްފިއެވެ.

މިރޭ އެކޯޓުން ނެރުނު އަމުރެއްގައި ވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ބާތިލުކޮށްފައިވާ ކަމަށް ބުނެއެވެ. އަދި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ނުބެލޭ ބައިވެސް ވަނީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުން އަމުރު ބާތިލުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ސިފައިން ސުޕްރީމް ކޯޓު ތެރެއަށް ވަދެގަނެ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނިކޮށެވެ.

ލީޑަރުން މިނިވަން ކުރުމަށް އަމުރު ބާތިލުކުރި ނަމަވެސް އެރޭ ސުޕްރީމް ކޯޓުން އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް ކުރި އަމުރު ބާތިލުކޮށްފައެއް ނުވެއެވެ. އެހެންކަމުން މެމްބަރުން ތިބީ އަދިވެސް މަޖިލިސް މެމްބަރުންގެ ގޮތުގައެވެ.

ތަފްސީލު އަންނަނީ..