Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ހައި ކޯޓްގެ މައްސަލަ ބަލާ ފަނޑިޔާރުން ސްޕްރީމް ކޯޓުން ކަނޑައަޅަނީ

އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ ހައިކޯޓު ދެކުނު ގޮފީ ހިންގާ އިމާރާތް

ހައިކޯޓަށް ހުށަހެޅޭ މައްސަލަ ބަލާނެ ފަނޑިޔާރުން ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ގަރާރެއްގައިވާ ގޮތުން ގޮފިތަކަށް އެކަށީގެންވާ އަދަދަކަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ޝަރުއީ ވަފުދަކުންނެވެ. އަދި އެ ނިންމުމާ ގުޅިގެން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖައްސަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ސްޕްރީމް ކޯޓުން ނެރުނު ގަރާރާއެކު މީގެކުރިން ނެރެފައިވާ ހައިކޯޓުގެ ފަނޑިޔާރުން ހަމަޖެއްސުމުގެ ތިން ގަރާރަކާއި އިސް ފަނޑިޔާރު ހަމަޖެއްސުމުގެ ގަރާރު ވަނީ ބާޠިލުކޮށްފައެވެ.