ރާއްޖޭގެ ސިޔާސީ މަސްރަހް މިވަގުތު ހަލަބޮލިވެފައިވާތީ ރަޝިޔާ ރައްޔިތުން މިވަގުތު ރާއްޖެ ދަތުރު ނުކުރުމަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.
ސްރީލަންކާގައި ހުންނަ ރަޝިޔާގެ އެމްބަސީން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ މި ވަގުތަކީ ރާއްޖޭގައި ހަމަނުޖެހުން ހިންގަމުންދާ ދަނޑިވަޅެއް ކަމަށާއި، އެހެންކަމުން ފަތުރުވެރިންގެ ގޮތުގައި ރަޝިޔާގެ ރައްޔިތުން މިވަގުތު ރާއްޖެއަށް ނުދިއުމަށް އެދޭ ކަމަށެވެ.
ރަޝިޔާ އެމްބަސީން މިފަދަ އެޑްވައިޒަރީއެއް ނެރެފައިވާ އިރު ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވަނީ އެގައުމުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށް އަންގާފައެވެ.
ފަތުރުވެރިން ރާއްޖެ ދަތުރު ނުކުރުމަށް އެންގުމާއި ގުޅިގެން ގިނަ ރިސޯޓް، ހޮޓާ، ގެސްޓް ހައުސް ތަކުން ބުކިން ކެންސަލް ކުރަމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.