Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބޭނުން ވަނީ އިޚްލާސްތެރި ހިތެއް: ޔާމީން

ނިހާން އަދި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މެޑަމް ހިމެނިވަޑައިގަންނަވާ ބައްދަލުވުމެއް، ފޮޓޯ؛މޯލްޑިވްސް ޓައިމްސް

އިޚްލާސްތެރި ހިތެއް ބޭނުންފުޅުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނު މިހާރު ބޭނުންފުޅުވަނީ އިޚްލާސްތެރިން ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އިޚްލާސްތެރިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ބޭނުންފުޅު ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އިޚްލާސްތެރި ހިތަކާއެކުގައި ކަމަށެވެ. އަދި މިހާރު ހުންނެވީ އިޚްލާސްތެރިކަންމަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.