Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ރާއްޖޭގެ ކަންކަމަށް ވަންނަން އިންޑިޔާއަށް ބަހަނާ ނުދެއްކޭނެ: ޗައިނާ

ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ވަނުމަށް އިންޑިޔާއަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް ޗައިނާ ސަރުކާރުގެ ވިސްނުން ހާމަކޮށް ޚަބަރު ފަތުރާ "ދަ ގްލޯބަލް ޓައިމްސް" ގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

"ދަ ގްލޯބަލް ޓައިމްސް" އަކީ ޗައިނާ ސަރުކާރުގެ 'މައުތް ޕީސް' އެއް ގޮތުގައި ބައިނަލްއަޤްވާމީ މީޑިޔާތަކުން އަބަދުވެސް ސިފަކުރާ ނޫހެކެވެ.

އިންޑިޔާ ސަރުކާރުން އޭޝިއާގެ ގައުމުތަކާއި މެދު އަމަލުކުރާ ގޮތާއި މެދު ވަރަށް ބޮޑަށް ފާޑުކިޔައި ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ، އިންޑިޔާއިން "ދިވެހިރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރަން ޖެހޭނެ" ކަމަށެވެ.

"ސިޔާސީ މައްސަލަތައް ވާން ޖެހޭނީ ދާހިލީ ކަމަކަށެވެ. އަދި މާލޭގެ ކަންކަމަށް ވަނުމަށް ނިއުދިއްލީއަކަށް ބަހަނާއެއް ނެތެވެ. ދިވެހި ރާއްޖެ ވަނީ އިންޑިއާގެ ވަރުގަދަ ފިއްތުންތަކެއްގެ ދަށުގަ އެވެ."