Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ދެ ދަރިވަރަކު ކައުންސިލްގައި އިންޓާންޝިޕް ފުރިހަމަކޮށްފި

މައި ކޮލެޖްގެ އައްޑޫ ކެމްޕަހުގައި ކިޔަވާ ދެ ދަރިވަކު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަކޮށްފި އެވެ.

އެ ދެ ދަރިވަރުންނަކީ ހުސައިން ޝާރީ އާއި އިސާމް ރަޝީދެވެ.

ހިތަދޫގައި ހުންނަ ކައުންސިލް އިދާރާ އިން ބުނީ އެ ދެ ދަރިވަރުބް ހަދާ ކޯހުގެ ބައެއްގެ ގޮތުގައި ކައުންސިލް އިދާރާގައި 100 ގަޑިއިރުގެ އިންޓާންޝިޕް ޕްރޮގްރާމްގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެހެންވެ އެކަން ފުރިހަމަ ކުރުމުން ކައުންސިލުން ވަނީ ޝާރީ އާއި އިސާމަށް ހަނދާނީލިޔުން ވެސް ދީފަ އެވެ. ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.