ސަރުކާރުގެ ބޯޑުތަކުގައި ކުރީގެ ޖެންޑަ މިނިސްޓަރު އަނީސާ އަހުމަދު އަދާ ކުރައްވަމުން ގެންދެވި މަގާމުތަކުން އިސްތިއުފާ ދެއްވައިފި އެވެ.
އެގޮތުން ކުރީގެ ޖެންޑަ މިނިސްޓަރު އަނީސާ ވަނީ ޤައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާޕާސަންގެ މަޤާމުން އިސްތިއުފާ ދެއްވައި، އެ ކޮމެޓީން ވަކިވެވަޑައިގެންފަ އެވެ.
މީގެ އިތުރުން އަނީސާ ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ބޯޑުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
އަނީސާ ވިދާޅުވި ގޮތުގައި އެ މަޤާމްތަކުން އިސްތިއުފާ ދެއްވީ އިއްޔެ ކަމަށާއި، އެއީ މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގައި ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުގެ ސަބަބުން، ސަރުކާރުން މުސާރަ ނަގައިގެން ކުރަމުން ދިޔަ މަސައްކަތްތަކާ ދުރުވީ ކަމަށެވެ.
އަނީސާ ކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.