Last Updated: June 28, 04:10
Saturday, June 27, 2026
މުނިފޫހިފިލުވުން

ކައިލީގެ ދަރިފުޅަށް ކިޔަނީ ސްޓޯމީ ވެބްސްޓާ

ކާޑޭޝިއަން-ޖެނާ އާއިލާގެ އެންމެ ހަނގު މީހާ ކައިލީ ޖެނާ އަށް އަންހެން ކުއްޖަކު ލިބުނު ވާހަކަ މީގެ ދެދުވަސް ކުރިން އިއުލާންކޮށްފައިވާއިރު، ކައިލީގެ ދަރިފުޅަށް ދީފައިވާ ނަން މިއަދު އިއުލާންކޮށްފި އެވެ.

ކައިލީ އާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް އަށް ލިބުނު ފުރަތަމަ ދަރިފުޅަށް ދީފައިވާ ނަމަކީ "ސްޓޯމީ ވެބްސްޓާ" އެވެ.

ކައިލީ މި ޚަބަރު އޭނާގެ ފޭނުންނާއި ހިއްސާކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.

https://www.instagram.com/p/Be3rTNplCHf/

މިއާއެކު ކައިލީ ވަނީ އޭނާ ދަރިފުޅު ސްޓޯމީގެ ފުރަތަމަ ފޮޓޯވެސް ދުނިޔެއަށް ދައްކާލާފައެވެ.

ކައިލީ ބަނޑުބޮޑުކަމުގެ ރިޕޯޓްތައް މީޑިއާގައި ފެތުރެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް، މީގެ ކުރިން އެކަމާއި ބެހޭގޮތުން ކައިލީ އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.

އެހެންނަމަވެސް ހޯމަ ދުވަހު ކައިލީ ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އޭނާ އަންހެން ކުއްޖަކު ވިހާފައިވާކަން ފޭނުންނާއި ހިއްސާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ވިހެއިރު އެކުއްޖާގެ ބަރުދަނުގައި 4 ކިލޯގްރާމް ހުއްޓެވެ.