Last Updated: June 29, 14:38
Sunday, June 29, 2025
ޚަބަރު

ރައީސް މައުމޫން ދޫނިދޫ އިން އެހެން ތަނަކަށް ބަދަލު ކުރަނީ

ފޮޓޯ: މިހާރު

ހޯމަ ދުވަހުގެ ރޭ ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދޫނިދޫ އިން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ވަކީލެއް ކަމަށްވާ މައުމޫން ހަމީދު ދާދިދެމްނެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫން އެހެން ތަނަކަށް ބަދަލުކުރަން ހަމަޖެހިފައިވާކަން ފުލުހުން އަންގާފައިވާ ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނު ބަދަލު ކުރަނީ ކޮންތަނަކަށްކަން ކަސްޓޯޑިއަލްގެ އޮފިސަރުން ހާމަކުރައްވާފައި ނުވާ ކަމަށެވެ.

މައުމޫން ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް މައުމޫން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށްވެސް ކަސްޓޯޑިއަލްގެ އޮފިސަރުން ވަނީ އަންގާފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައި ހުރީ ދޫނީދޫ ގޮޅިއެއްގައި ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މައުލޫމާތު ދެއްވާފައިވާއިރު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވަނީ މިއަދު ވިދާޅުވެފައެވެ.