Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ އެބަ ބަލަން: ޕޮލިސް

އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ފޮޓޯ: ވީނިއުސް

ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މައްސަލައަކާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އިސްކަންދަރު ބިލްޑިންގ ގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަޑިޔާރު އަލީ ހަމީދު އާއި ޖުޑިޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހުސެއިން ސައީދުއެވެ.

އެހަތަރު މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.