Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

އެތައް މިލިއަން ރުފިޔާގެ ފައިސާގެ މުއާމަލާ ހޯދިއްޖެ: ޕޮލިސް

ސަރުކާރު ވައްޓާލުމަށް އެތައް މިލިއަން ރުފިޔާގެ ފައިސާގެ މުއާމަލާ ހިންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނާވާޒު ވިދާޅުވީ ސަރުކާރު ވައްޓާލުމަށް ހިންގާފައިވާ ދިވެހި ރުފިޔާ އާއި ޔޫއެސް ޑޮލަރުގެ އެތައް މުއާމަލާތެއްގެ މައުލޫމާތު ފުލުހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނަވާޒު ނުދެއްވައެވެ.

ނަވާޒު ވަނީ ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.