Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ހަސަންގެ ގޮދަޑި ދަށުން އެތައް ފައިސާއެއް ހޯދައިފިން: ފުލުހުން

ހަސަން ސައީދު. ފޮޓޯ: ސަން

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ހަސަން ސައީދުގެ ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނަވާޒު ނުދެއްވައި ނޫސް ކޮންފަރެންސް ނިންމާލެއްވިއެވެ.