ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުމަށް މަސައްކަތް ކުރެއްވިކަމަށް ބުނެ މިއަދު ފުލުހުން ކުރި ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވައިފިއެވެ.
Pres. @maumoonagayoom rejects all accusations by @PoliceMv
A proper investigation would not hide under cover of #StateOfEmergency
or shy away from the clear light of #RuleofLaw or fear the accountability of #DueProcess or be terrified of an independent @judiciarymvBring it.
— Maumoon Hameed (@maanhameed) February 7, 2018
ރައީސް މައުމޫންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނަށް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހުރިހާ ތުހުމަތަކަށް ރައީސް މައުމޫނު އިންކާރު ކުރައްވާފައިވާ ކަމުގައެވެ.
ފުލުހުން މައުމޫންއަށް ކުރާ ތުހުމަތު:
1- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުން.
2- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުން.
3- ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވުން.
މައުމޫން މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާއިރު އެމަނިކުފާންގެ ތަހްގީގު އަދި ނުފެށޭކަމަށް ވަކީލުން ވަނީ ބުނެފައެވެ.