ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ސްޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރާ ދިމާކޮށް ފާރިސް ބަންދުން ދޫކޮށްލީ މި މަހުގެ 6 ވަނަ ދުވަހު އެވެ. ނަމަވެސް ސްޕްރީމް ކޯޓްގެ އިސް ދެ ފަނޑިޔާރަކު ހައްޔަރަަކު ސަރުކާރުން ހައްޔަރު ކުރުމާ ގުޅިގެން، އެ ކޯޓުން ވަނީ ބަންދުގައި ގައި ސިޔާސީ ލީޑަރުން ދޫކޮށްލަން އަމުރުގައި ހިމެނި ބައި ބާތިލްކޮށްފަ އެވެ.
ފާރިސް އަލުން ހައްޔަރުކޮށްފައި މި ވަނީ މީގެ ކުރިން ހަ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ބަންދުގައި ބެހެއްޓުމަށް ފަހު، މިދިޔަ މަހުގެ 25 ގައި ދޫކޮށްލައި، އަނެއްކާ ވެސް އޭގެ ދަ ދުވަސް ފަހުން ޖެނުއަރީ މަހުގެ 27 ގައި ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު އެވެ.
Rayyithun Majilis ge Dhiggaru Dhaairage Member @afarismaumoon hayyarukohfi pic.twitter.com/EBzMQY42Qn
— MDP Secretariat (@MDPSecretariat) February 8, 2018
ފާރިސް މިއަދު އަލުން ހައްޔަރު ކުރި އިރު، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަނލުން ނަދީމް މި މަހުގެ 5 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
ތަފްސީލް އަންނަނީ…..