Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

"ސިއްރު ފެންފުށި" ރިސޯޓް ހުޅުވައިފި

ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އައު ރިސޯޓެއް ކަމަށްވާ "ސިއްރު ފެންފުށި" ހުޅުވާ އެންމެ ފުރަތަމަ އެރިސޯޓަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.

އެރިސޯޓަށް އެންމެ ފުރަތަމަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.

ރިސޯޓް ހުޅުވާ ފަތުރުވެރިން އަންނަން ފަށާފައިވާއިރު މި ރިސޯޓް ރީބްރޭންޑްކޮށް ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އޭޕްރީލް 2018 ގައެވެ. އެގޮތުން އެކޯހޮޓެލްސް ފެއަރމޮންޓްގެ ދަށުން ރީބްރޭންޑް ކުރުމަށްފަހު ރިސޯޓަށް ކިޔަން ނިންމާފައިވަނީ "ފެއަރމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި" އެވެ.

މި ރިސޯޓަކީ ށ.އަތޮޅު ގާކޮށިބީގައި ތަރައްޤީ ކުރި ރިސޯޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 55 މިނިޓުން މި ރިސޯޓަށް ދެވޭނެއެވެ.

މިރިސޯޓުގައި 120 ލަގްޒަރީ ވިލާ ހުންނައިރު މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ލެގޫން ހިމެނޭ ރިސޯޓް އެވެ. މި ރިސޯޓުގައި ބީޗް ސަންރައިޒްއާއި ޑުލެކްސް، ގްރޭންޑް ވޯޓާ ވިލާ، ޑަބަލް އަދި ޓްރިޕަލް ބެޑްރޫމް ވިލާސްއާއި އެކު ތަފާތު އެކި ފަންތީގެ 12 ވިލާސް ހިމެނެއެވެ. އަދި މިރިސޯޓުގައި އެކި ފަންތީގެ މީހުންނަށް ހާއްސަކޮށްފައިވާ ފަސް ރެސްޓޯރަންޓްވެސް ހުރެއެވެ.

މީގެ އިތުރުން މި ރިސޯޓަކީ ރާއްޖޭގައި ހުރި އެންމެ ފުރަތަމަ ކަނޑުއަޑީގެ ސްކަލްޕްޗަރ މިއުޒިއަމް ހުރި ރިސޯޓްވެސްމެއެވެ. މި މިއުޒިއަމް ފަރުމާކޮށްފައިވަނީ ބްރިޓިޝްގެ އާރޓިސްޓެއް ކަމަށްވާ ޖޭސަން ޑިކައިރަސް ޓެއިލާރއެވެ.