Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ޗައިނާ، ޕާކިސްތާން އަދި ސައުދީއަށް ސަރުކާރުގެ މަންދޫބުން ފޮނުވައިފި

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ސަރުކާރުގެ ތިން ވަޒީރަކު ތިން ގައުމަކަށް ރައީސުލް ޖުމްހުރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުގައި ފޮނުއްވައިފިއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރޭ ޗައިނާއަށް ފުރާވަޑައިގެންފައިވާ އިރު ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ވަނީ ޕާކިސްތާނަށް ފުރާވަޑައިގެންފައެވެ.

ސަރުކާރުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ މިއަދު ސައުދީ އަރަބިޔާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭގެ ހަތަރު ދުވަސް ފަހުން ރާއްޖޭގައި ކުއްލި ހާލަތު އިއްލާންކޮށް ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު ވަނީ ހައްޔަރުކޮށްފައެވެ.