Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ރާއްޖޭގެ މައްސަލަ އދ. ސަލާމަތީ މަޖިލީހަށް

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ ސިއްރު ބައްދަލުވުމެއް މިއަދު އދ. ސަލާމަތީ މަޖިލީޙުގައި މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެކެވެ.

އދ ގެ އިސް ޑިޕްލޮމެޓުންނާ ހަވާލާދީ އޭއެފްޕީ ނިއުސްއެޖެންސީ އިން ބުނީ މިއަދު ބާއްވާ ސިއްރު އެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް ހުށަހަޅައި މަޝްވަރާ ކުރާނެ އެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއްލާން ކޮށް ސުޕުރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު ރާއްޖޭގައި އިއްލާން ކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް އދ. އާއި އެމެރިކާ އަދި އިންޑިއާގެ އިތުރުން އީޔޫން ވަނީ އަންގާފައެވެ.