Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ޓްރިމް: ފިރިހެނުންނަށް ހާއްސަ ސެލޫނެއް

ފިރިހެނުންނަށް ހާއްސަކޮށްގެން "ޓްރިމް" ގެ ނަމުގައި ފޭދޫގައި އާ ސެލޫނެއް ހުޅުވައި ހިދުމަތް ދޭން ފަށައި އެވެ.

މި ސެލޫން ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ގެ ގެ ހުންނަ މަގުގަ އެވެ.

"ޓްރިމް" ހިންގާ ތަނުގައި މީގެ ކުރިން ވެސް ސެލޫނެއް ހިންގައިފައިވެ އެވެ. އޭރު ތަން މަޝްހޫރުވެފައި އޮތީ "ޖަނާ ސެލޫން" ގެ ނަމުގަ އެވެ.

"ޓްރިމް" އިން ވާހަކަ ދެއްކި އިބްރާހީމް ޝިޔާމް (އިއްބެ) ބުނީ އެހެން ސެލޫންތަކާ ހިލާފަށް "ޓްރިމް" އިން ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ހިދުމަތް ދޭނެ ކަމަށެވެ.

"އާންމުކޮށް އެހެން ސެލޫންތައް ހުކުރު ދުވަހު ނުހުޅުވި ނަމަވެސް މިތަނުން ހިދުމަތް ދޭނެ. އެގޮތުން ހުކުރު ދުވަހު ހެނދުނު 8:30 އިން ފެށިގެން 11:30 އަށް ހިދުމަތް ދިނުމަށް ފަހު، މެންދުރު ދަހު 2:00 އިން ފެށިގެން ނޯމަލް ގަޑިތަކާ އެއްގޮތަށް ހިދުމަތް ލިބޭނެ،" އޭނާ ބުންޏެވެ.

އިއްބެ ބުނީ އައްޑޫގައި ފިރިހެނުން ބޯ ކޮށައިދޭ އެހެން ސެލޫންތަކާ ހިލާފަށް "ޓްރިމް" އިން ބޯ ކޮށުމަށް ފަހު، ބޯ ދޮންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

"ފިރިހެނުންގެ ސެލޫނަކުން ލިބޭ މައިގަނޑު ހުރިހާ ހިދުމަތްތަކެއް މި ތަނުން ލިބޭނެ. އަދި އަގުތައް ވެސް ހުންނާނީ އެހެން ސެލޫންތަކާ ހަމަ އެއް އަގުތަކެއްގައި." އޭނާ ބުންޏެވެ. "މިތަނުގެ އަދި އެންމެ ހާއްސަ އެއް ކަމަކަށް ވާނީ ތަނުގެ ސާފު ތާހިރުކަން. އެކަން ދަމަހައްޓަން ވަރަށް މަސައްކަތް ކުރާނެ މި ތަނުން."

"ޓްރިމް" ސެލޫން ހުޅުވާފައި ހުންނާނީ ހެނދުނު 8:00-12:00 އަށް މެންދުރު ފަހު 2:00-5:30 އަށް އަދި ރޭގަނޑު 7:00-10:00 އަށެވެ.