Last Updated: May 10, 14:05
Saturday, May 10, 2025
ޚަބަރު

މިލަންދޫ ފުލުހުން ހުޅުދޫ މީހަކު ހޯދަނީ

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަނީ ހުޅުދޫ، ސީސަންގެ، މުޙައްމަދު ޒުހައިރު، 43، އެވެ.

ނަމަވެސް މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަނީ އޭނާއާ ބެހޭ ކޮން ކަހަލަ މައްސަލައެއް ކަމަށް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ ޒުހެއިރްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ މިލަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9183997 އަށް ގުޅައި ޙިއްސާ ކުރަން އެދޭ ކަމަށެވެ.