Last Updated: June 15, 10:31
Monday, June 15, 2026
ޚަބަރު

ގޮނޑީގެ މައްސަލަ ބަދަލު ވެދާނެކަމުގެ އިޝާރާތެއް ނިހާން ދީފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮޑި ނުގެއްލޭޭކަމަށް މިމަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ދިރާސާކޮށް ބަންޑާރަ ނައިބް މުހައްމަދު އަނިލް އަލުން އެ މައްސަލަ ސުޕުރީމް ކޯޓަށް ހުށަހަޅުއްވާނެކަމަށް ގަބޫލް ކުރައްވާކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާނު މިފަދައިން ވިދާޅުވެގައިވާ އިރު މަޖްލިސްގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ 5 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގައުމުގެ ކަންކަން ދިޔަ ގޮތުން ސަލާމަތީ ސަބަބަކަށްޓަކައި ކަމަށް ބުނެ ވަނީ ކެންސަލްކޮށްފައެވެ.

ނިހާން ރާއްޖޭގެ މީޑިއާއަކުން ދެންނެވި ސުވާލަކަށް ޖަވާނު ދެއްވަމުން ވިދާޅުވީ ސުޕުރީމް ކޯޓުން ނެރުނު އަމުރުގެ ބައެއް ކަންކަން ބަންޑާރަ ނައިބް ދިރާސާކޮށް ހުށަހެޅުއްވުމުން ދިޔަ އަންގާރަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދައުލަތުގެ ފަރާތުން އޭޖީ އަނިލް ހުށަހެޅުއްވި ހުށަހެޅުއްވުންތައް އިސްލާހުކޮށް ނެރުއްވާފައިވާ އަމުރެއް ކަމަށެވެ.

އެހެން ކަމުން ގޮޑީގެ މައްސަލާގައި ސަރުކާރުގެ ރައުޔު ބަންޑާރަ ނައިބް ހުށަހަޅުއްވާނެކަމަށް ގަބޫލް ކުރައްވާކަމަށް ނިހާން ވިދާޅުވިއެވެ.

އަންގާރަ ދުވަހު ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ސިޔާސީ 9 ގައިދީއަކު ދޫކޮށްލުމަށާއި ކޯޓުތަކަށް ބަދަލު ނުގެނެވޭނެ ގޮތަށް އަމުރުގައިވާ ކަންކަން ބާޠިލްކޮށް އަމުރެއް ނެރެފައެވެ. ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އެއަމުރަކީ ސައްހަ އަމުރެއް ކަމަށެވެ.

މަޖްލިސްގެ ގޮދީ ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން މަޖްލިސްގެ އަމީން އާއްމު ވަނީ އެމެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ނިންމައި މަޖްލިސް ހުޅުވަން އޮތް ޖަލްސާގެ އެޖެންޑާވެސް ފޮނުއްވާފައެވެ.

ނިހާނު މިފަދައިން ވިދާޅުވެފައި މިވަނީ ރޭ ޕީޕީއެމް ބޭއްވި ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރ އަސްމާ މަޖްލިސް ޖަލްސާ ފެށޭއިރު އަޢްލަބިއްޔަތު އޮންނާނީ ޕީޕީއެމްއަށް ކަމަށާއި ޕީޕީއެމްއިން ވަކިވެގެން ދިޔަ މެމްބަރުން އަލުން އެނބުރި އައިސް ގުޅުމަށް ވަރުގަދަ އިންޒާރެއް ދީފައި ވަނިކޮށެވެ.