Last Updated: May 4, 06:00
Saturday, May 4, 2024
ވިޔަފާރި

އޮންލައިންކޮށް ބީއެމްއެލްގެ އިތުރު ފަަސޭހަތަކެއް

ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުހިންމު ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށަހެޅޭނެ ނިޒާމް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު އެކައުންޓެއް ހުޅުވުމާއި، ކްރެޑިޓް ކާޑު، ޑެބިޓް ކާޑު އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.

އަދި މީގެ އިތުރުން ބޭންކަށް ދީފައިވާ އެޑްރެސް، އާމްދަނީގެ ތަފްސީލް ނުވަތަ އަމިއްލަ މައުލޫމާތެއް ބަދަލުކުރުމަށް ބޭނުންވާ ކަސްޓަަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެ އާ ޕަރސަނަލް އިންފޮމޭޝަން ފޯމެއްވެސް ހިމެނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިހިދުމަތް ތަޢާރަފްކުރުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުން ދެކޭ ގޮތުގައި މި އާ އޮންލައިން ޚިދުމަތްތަކަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ޚިދުމަތްތަކެއް ކަމަށާއި ކަސްޓަމަރުން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހި، ގޭ ގައި ތިއްބަވައިގެންވެސް މިހާރު މުހިންމު ބައެއް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ހާމަކުރެއެވެ.