މިދިޔަ ފަސް ދުވަހު އަޅުގަނޑުމެން ތިބީ ކުޑަކަކޫ މަތީގައިކަމަށާއި އެކަމުން އަޅުގަނޑުމެން ސަލާމަތް ކުރީ ފުލުހުންނާއި ސިފައިންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ރޭ ވެސްޓްޕާކް ކުރިން ހުރިތަނުގައި ހަދާފައިވާ ޖަގަހަގައި ވާހަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ބޭރުގެ މީހުން ގެނެސްގެން ވެރިކަން ހޯދަން އުޅޭ މީހުންނަށް ރާއްޖޭގެ ވެރިކަމާއި 10 ފޫޓް ކައިރިއަށް އަޔަ ނުދޭން މަޖިލީހުން ފާސް ކުރަން ޖެހޭކަމަށެވެ.
ޔާމީން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖޭގައި ތިބި ސިފައިންގެ ބޭނުމެއް ނޯންނާނެކަމަށާއި ސަލާމަތީ ކަންކަން ބަލަހައްޓާނީ ބޭރުގެ ސިފައިންކަން ޔަގީންކަމަށެވެ. އަދި މިކަމާ ދިވެހި ސިފައިން ވިސްނަންޖެހޭކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ހަތަރު މީހަކުވެގެން ގައުމު ކުޑަކަކޫ މައްޗަށް ތިރިކުރި ކުރުން ނިމުމަކަށް ގެނައީ ފުލުހުންނާއި ސިފައިން ކަމަށެވެ.